ފޮޓޯ ގެލަރީ
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ބޭންކް ހުޅުވުން
މާލެ- ނޮވެމްބަރު 16، 2024: ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) އިފްތިތާހު ކުރުން: ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު. އެ އަށް ފަހު އެ މަނިކުފާނު ވަނީ އެ ބޭންކް ހިންގާ އޮފީސް ބައްލަވާލައްވާފައި. އެ ބޭންކުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރަން މަސައްކަތް ކުރާނެ. އެ ބޭންކުން ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ.--- ފޮޓޯ: ރައީސްް އޮފީސް
16
8 hr